ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާމެދު ބައިޑެން އާއި ނަތަންޔާހޫ މަޝްވަރާކޮށްފި

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އަދި  އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ ގުޅޭގޮތުން ރޭ މަޝްވަރާކޮށްފިއެވެ.

މި ފޯނު ކޯލުގައި ބައިޑެން ވަނީ ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަމާއި، ޣައްޒާގައި ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ ރަހީނުން ދޫކޮށްލުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ.

އަދި މީގެ އިތުރުން އެމެރިކާގެ ރައީސްކަމަށް އަލުން އިންތިޚާބުވެ ވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް އެނބުރި ބަދަލުވުމުގެ ކުރިން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރަމުންނެވެ.

ވޭތުވެދިޔަ އަހަރުން ފެށިގެން އެމެރިކާ، މިސްރު އަދި ގަތަރު މެދުވެރިއަކަށް ހުރު, ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވުމަކާ ކައިރިކުރެވުނު ކަމުގައި ވިޔަސް އިސްރާއީލުގެ ބޮޑުވަޒީރުގެ ސަބަބުން ތަކުރާރުކޮށް ވަނީ މަޝްވަރާތަށް  ހުއްޓިފައެވެ. ނަމަވެސް، މިފަހަރު އެމެރިކާގެ އޮފިޝަލުން ވަނީ އެއްބަސްވުމަކަށް ވާސިލުވުމުގެ އުންމީދު ބޮޑުކަމަށް ބުނެފައެވެ.

އިޒްރޭލުން ބުނެފައިވަނީ، މި މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވިއްޖެނަމަ, ސޮއިކުރަންޖެހޭ އިޒްރޭލުގެ އެންމެ އިސް ފަރާތްތައް މިހާރު ގަތަރުގައި ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވާ ކަމަށެވެ.