ޞައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އަތުލައިގެންފި

ޞައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިއަ ރެއިޑް އޮޕަރޭޝަނެއްގައި އާންމު ޞައްޙަތަށް ގެއްލުންވާ ގޮތަށް މާލޭގައި ބިދޭސީން އުޅެމުންދިއަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިގޮތުން އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށާއި، ޞައްޙަ ވިސާއެއްނެތި އެތަނުގައި އުޅެމުންދިއަ 04 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަން ވަނީ ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކުރްމުންދާ މަސައްކަތްތަކުގައި މިހާތަނަށް 5000އަށް ވިރެ ގިން ބިދޭސީންވަނީ ޑީޕޯޓު ކޮށްފައެވެ.