އިއްޔެ އެކަނި އިސްރާއީލުގެ ސިފައިންގެ 4 މީހަކު ޣައްޒާގައި މަރާލައިފި

1 އަހަރު ކުރިން
|
0

އިއްޔެ އެކަނި އިސްރާއީލުގެ ސިފައިންގެ 4 މީހަކު މަރާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ރޭ ބުނެފިއެވެ.

އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން ރޭ ބުނެފައިވަނީ ޣައްޒާގެ އުތުރުގެ ބައިތް ޙާނޫންގައި އިއްޔެ ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ހަތަރު ނިރުބަވެރި ސިފައިން މަރުވެ، ހަ މީހަކު ޒަޚަމްވެފައިވާ ކަަމަށެވެ.

ޒަހަމްވި ހަ ނިރުބަވެރިންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ބުނެފައިވެއެވެ.

މިއީ ޣައްޒާގެ އުތުރުގައި އޮންނަ ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދާދި ފަހުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެ އަދި އެތާންގައި އެއްވެސް ޣައްޒާގެ އެއްވެސް ހަތިޔާރުއެޅި ޖަމާޢަތެއް ނެތްކަމަށް ބުނެފައިވަނިކޮށް ދީފައިވާހަމަލާއެކެވެ. 

މި 4 ނިރުބަވެރި ސިފައިން މަރުވުމާއެކު ޣައްޒާގައި ގްރައުންޑް އޮޕަރޭޝަން ފެށިފަހުން މަރުވި ސިފައިންގެ އަދަދުވަނީ 400 އަށް އަރާފައެވެ.

މިދިޔަ ހަތުތާތެރޭގައި ބައިތް ޙާނޫން އިން އެކަނިވެސް ވަނީ އިސްރާއީލުގެ 10 ނިރުބަވެރި ސިފައިގެ މީހުން މަރާލާފައެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ އުތުރު ހުސްކުރުމަށް ފެށި މަސައްކަތްފަށާފައިވާއިރު ޣައްޒާގެ މުޖާހިދުންނާ ކުރިމަތިލުމުގެ ތެރޭގައި ވަނީ 50 އަށްވުރެ ގިނަ ނިރުބަވެރިން މަރުވެފައެވެ.