މާލޭގެ ގެއެއް އިމާރާތް ކުރަނިކޮށް ޖެހިގެންހުރި ގެއިން ބައެއް މިއަދު ގަނބައިގެންފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުން، މ. ނެވިގޭޓާ ކިޔާ ގެއެއް އިމާރާތް ކުރުމަށް ކޮނެގެން އެ މަސައްކަތް ކުރަމުން ދަނިކޮށް ޖެހިގެންހުރި މ. ލަކީ ހެވެންގެ ބައެއް ގަނބައިގެންގޮސްފައިވާކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައި ވެއެވެ.
އަދި އެ މައުލޫމާތާ ގުޅިގެން ކައުންސިލްގެ ޓީމެއް ވަނީ އެ ގެއަށް ގޮސް އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ކޮށްފައެވެ.
އަދި މީގެ އިތުރުން ސިޓީ ކައުންސިލުން ބުނެފައި ވަނީ މިކަން ފާހަގަވެފައި ވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު