ކެލިފޯނިޔާގައި އަލިފާނުގެ ބޮޑު ހާދިސާއެއް

1 އަހަރު ކުރިން
|
0

ލޮސް އެންޖެލިސްގެ ފަސް ސަރަހައްދެއްގައި، ހޯމަ ދުވަހުން ފެށިގެން ރޯވަމުންދާ އަލިފާނުގައި 20،000 އޭކަރުގެ ސަރަހައްދެއް އަނދައިފިއެވެ.

ރޯވެފައި ވަނީ ލޮސް އެންޖެލިސްގެ ފަސް ސަރަހައްދެއްގައެވެ. އަދި މި ސަރަހައްދުތަކަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މިހާތަނަށް މަދުވެގެން ދޮޅު ލައްކަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރި ވެފައިވާއިރު ސްކޫލުތަކާއި މަގުތައް ވަނީ ބަންދުކޮށްފައެވެ.

އެ ގޮތުން ކެފޭ ރެސްޓޯރެންޓުތަކާއި އަގު ބޮޑު ގެތަކާއި އަގު ބޮޑު އުޅަނދުތަކާއި އެތަންތާ ހުރި ހުރިހައި އަގުބޮޑު ފާރުނީޗަރާއި އަގުބޮޑު ސާމާނުތައް ވަނީ އަނދައި އަޅިއަށްވެފައެވެ.

·ސީއެންއެން އިން ބުނެފައިވާގޮތުން މިހާތަނަށް ގާތްގަނޑަކަށް 4 ލައްކަ ގެއިން ކަރަންޓު ވަނީ ކެނޑިފައެވެ.

·މީގެ އިތުރުން ފެން ހުސްވެދާނޭ ކަމަުގެ ބިރުއޮތުމުން އަލިފާންގަނޑު ކޮންޓްރޯލު ކުރެވޭނޭ ކަމަކަށް ނުބެލެވޭ ކަމަށް ވެސް ސީ.ބީ.އެސް.އިން ވަނީ ބުނެފައެވެ.

މިހާތަނަށް މި އަލިފާނުގެ ހާދިސާގައި 5 މީހުން މަރުވެފައިވެއެވެ.