ކެނަބިސް ޓްރެފިކްކުރި މައްސަލައެއްގައި މީހަކު ކޯޓަށް ހާޒިރު ކުރަން ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ހޯދަނީ އަސްޢަދު ޢަލީ، (30) މ. ރިހިވިދުވަރުގެ، މާލެ އެވެ.
ފުލުހުން ވިދާޅުވީ އޭނަ ހޯދަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 13ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންން ކަމަށެވެ.
އަަސްއަދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅައި އެ މައުލޫމާތު ދޭން އެދިފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު