ގ. އުފުރިޔާ ގޭގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ބޯހިޔާވަހިކަން ދޭންޖެހުނީ އެންމެ މީހެކަށް ކަމުގައި ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ވިދާޅުވީ އެގޭގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އެޕާޓްމަންޓުގައި ދިރިއުޅުނު މީހުންގެ ތެރެއިން އެހީތެރިކަން ބޭނުންވީ އެންމެ މީހެކަށް ކަމަށެވެ. އަދި އެފަރާތަށް އެއްދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން ހަމަޖައްސައިދީފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ އަލިފާން ރޯވީ ގ. އުފުރިޔާގޭގެ ހަވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ، އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އިން ވިދާޅުވީ ޖަނަވަރީ 6 ވަނަ ދުވަހުގެ ރޭ 11:23ހާއިރު ކަމަށެވެ. އަދި ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާއި މިގޮތުން އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ ދަންވަރު 12:10ގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު