ދުނިޔޭގެ އެއްވެސް ހިސާބަކުން މިޞްރަށް ދަތުރުކުރާ ސީރިއާގެ ރައްޔިތުން، އެ ޤައުމަށް (މިޞްރަށް) ވަނުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިއީ ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން، ސޫރިޔާގެ ރައްޔިތުންނާ ގުޅޭގޮތުން މިޞްރުން ނެރުނު ދެވަނަ ނިންމުމެވެ.
މިޞްރުގެ އިމިގްރޭޝަން އިދާރާތަކުން ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކާއި އެއަރލައިންތަކަށް އަންގާފައިވާގޮތުން ވަގުތީ ރެސިޑެންސް ހުއްދަ އޮންނަ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ސީރިއާގެ ރައްޔިތަކު މިޞްރަށް ނުވަދެވޭނޭ ކަމަށެވެ.
މީގެ ކުރިން، ޑިސެމްބަރު 8 ގައި ސީރިއާގެ ވެރިކަން ބަދަލުވުމާ ގުޅިގެން، އެމެރިކާ، ކެނެޑާ އަދި ޔޫރަޕުގެ ޤައުމުތަކުގެ ރެސިޑެންސް ހުއްދަ އޮތް ސީރިއާގެ ރައްޔިތުންނަށްވެސް މިޞްރަށް ވަނުން މަނާކޮށްފައިވެއެވެ.
ވަނަ އަހަރު ސީރިއާގައި ހަނގުރާމަ ފެށުމާ ގުޅިގެން، ގިނަ އަދަދެއްގެ ސީރިއާގެ ރައްޔިތުން މިޞްރުގައި ވަނީ ދިރިއުޅެން ބަދަލުކޮށްފައެވެ.
މިޞްރުގެ ސަރުކާރުން ބުނާ ގޮތުގައި އެ ޤައުމުގައި އެއް މިލިއަނަށްވުރެ ގިނަ ސީރިއާގެ ރައްޔިތުން ދިރިއުޅެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ