10 އަހަރަށްފަހު ދިމިޝްގު އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފަށަނީ

1 އަހަރު ކުރިން
|
0

ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އަންނަ އަންގާރަ ދުވަހުން ފެށިގެން ބޭރުގެ ޤައުމުތަކަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސީރިއާގެ ސިވިލް އޭވިއޭޝަން އެންޑް އެއާ ޓްރާންސްޕޯޓް އޮތޯރިޓީގެ ވެރިޔާ އަޝަދު އަލް-ސުލައިބާ ބުނެފިއެވެ.

ސީރިއާގެ ސަރުކާރުގެ ނޫސް އޭޖެންސީ ސަނާއަށް ނޫސް ބަޔާނެއް ދެެއްވަމުން އަލް-ސުލައިބީ ވިދާޅުވީ، ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ދިމިޝްގު އަދި ސޫރިޔާގެ އެހެން އެއާޕޯޓުތައް އަލުން ރަނގަޅު ފެންވަރަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޖެނުއަރީ 7 ވަނަ ދުވަހުން ފެށިގެން ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފެށާނޭކަމަށެވެ.

ދިމިޝްޤުގެ އެއާޕޯޓް ބައިނަލް އަޤުވާމީ ޚިދުމަތަށް  މެދުކެނޑިފައި އޮންނަތާ ވަނީ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ . 

ގަތަރު އެއަރވޭޒްއިން ވަނީ ދިމިޝްގަށް އަލުން ދަތުރުތައް ފަށާ ފުރަތަމަ ބައިނަލްއަގުވާމީ އެއަރލައިންގެ ގޮތުގައި އަންގާރަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ކުރާނެކަން އިއުލާނުކޮށްފައެވެ.