އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރު މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފިއެެވެ.
އަންހެނަކަށް ވަޅިން ބިރު ދައްކައި ރަހީނު ކުރި މައްސަލައިގައި އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް ދަންޖެހި މަރުވަން ކުރި މަސައްކަތަށް ފަހު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ މަހުގެ 2 ވަނަ ދުވަހުގައެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު، ރާއްޖެ ގެނެސްފައިވަނީ އެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަތުހަރު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ވަނީ ސެޕްޓެމްބަރުމަހުގެ ދެވަނަ ދުވަހުން ފެށިގެން ތަހުގީގު ކުރަން ފަށައިފައެވެ.
އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވިގޮތުގައި އަތުހަރުގެ މަރުގެ މައްސަލައާ ގުޅިގެން ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލު ހާމައެއް ނުކުރައްވައެވެ.
އަތުހަރުގެ މަރުގެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު ގައި އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އަތުހަރު މަރުވީ، ދަންޖެހިގެން ކަމަށް ޕޯސްޓްޕޯޓަމްގެ ރިޕޯޓުން ދައްކާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އެއީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައެއް ކަމަށް ވާތީއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަތުހަރު ދަން ޖެހިފައި ހުއްޓައި ފެނުނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:02 ގައެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ އޭގެ 23 މިނެޓު ފަހުން ކަމަށް ވެސް ބުންޏެވެ. އޭނާ މަރުވީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ހަވީރު 4:08ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު