ދަރުމަ މަޖައްލާ އަލުން ނެރުމަށް ތައްޔާރުވަނީ

ކުރީގެ މަޝްހޫރު ދީނީ މަޖައްލާއެއް ކަމުގައިވާ "ދަރުމަ" އަލުން ރީބްރޭންޑް ކުރުމަށްފަހު ނެރުމަށް ތައްޔާރުވަމުންދާ ކަމަށް މަޖައްލާގެ ފަރާތުން ހާމަކޮށްފިއެވެ.

ޓެލެގުރާމް މެދުވެރިކޮށް ޝާއިޢުކުރި ޕޯސްޓެއްގައި، ދަރުމަ މަޖައްލާއިން ކުރިން ފޯރުކޮށްދެމުން އައި ދީނީ މަޢުލޫމާތާއި، ދަރުސްތަކާއި، ހަނދާންކޮށްދިނުންތަކުގެ މުހިންމުކަން ފާހަގަކޮށް، މި ޚިދުމަތް އަލުން ފެށުމަށް ތައްޔާރުވަމުންދާކަން ބަޔާންކޮށްފައިވެއެވެ.

"އުފާކުރޭ! ދަރުމަ އަލުން ރީބްރޭންޑްކޮށްގެން މި ނެރެނީ އިން ޝާ އަﷲ. އިންތިޒާރު ކޮށްލާ!" މިހެން ބުނެ، މަޖައްލާގެ ފަރާތުން ވަނީ ކިޔުންތެރިންނަށް އުފާވެރި ޚަބަރެއް ދީފައެވެ.

މީގެއިތުރުން، މި މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަށް އެދި، މަޖައްލާގެ ޓެލެގުރާމް އަދި ވައިބަރ ޗެނަލްތަކަށް ގުޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޓެލެގުރާމް: https://t.me/Dharuma_Majallaa

ވައިބަރ: https://invite.viber.com/?g2=AQBtuJJnU2OfXVQJchxt7hJiFQJ%2BX0SHx4W%2F%2FPBapmT9Vfae4gBvTlxRhEaXYF%2FG

މަޖައްލާ ނެރޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.