އިބްނު ކަޘީރު ވިދާޅުވިއެވެ. (717ވަނަ އަހަރު) ނުސައިރީންގެ ބައިގަނޑެއް ކިޔަމަންތެރިކަމުން ވަކިވެ (މުސްލިމުންނާ ދެކޮޅަށް އެއްވިއެވެ.) އެ މީހުންގެ ތެރޭގައި އުޅުނު އިސްމީހާ، ބައެއް ފަހަރު އޭނާއަކީ އަލްމަހްދީކަމަށް ދައުވާކޮށް، އަނެއްބައި ފަހަރު އެއީ ޢަލީ ބިން އަބީ ޠާލިބުކަމަށް ދައުވާކޮށް، އަނެއްބައި ފަހަރު އެއީ މުޙައްމަދު ބިން ޢަބްދުﷲ ކަމަށް ދައުވާކުރިއެވެ. އަދި ބިންތަކާއި އިސްލާމީ ރަސްކަން ވަނީ އޭނާއަށް ކަމަށް ބުންޏެވެ. އަދި ނުސައިރީން ތިބީ ޙައްޤުގައި ކަމަށާއި މުސްލިމުންނޭ ކިޔައިގެން އުޅޭ އެނޫން އެންމެން ތިބީ ކާފިރުވެފައި ކަމަށް ބުންޏެވެ. އަދި މަގުފުރެދިފައިވާ ނުސައިރީންގެ ގިނަ އަދަދެއްގެ އިސްމީހުންގެ ބުއްދިތަކަށް މީނާ ވެރިވެގަތެވެ. އަދި ކޮންމެ މީހަކަށް މުދަލާއި، ގިނަ ބިންތަކާއި، އިސްލާމީ ރަސްކަމުގެ ކިއްލާތަކާއި، މަގާމުތަކާއި، ވެރިންގެ ގޯތިތައް ދީ ބަހައިލިއެވެ. އަދި ދިމިޝްގުގެ މިސްކިތުގައި، ޤާޟީންނާއި ފިޤްހު އިލްމުވެރިން އެއްކޮށް، އޭނާ އެ ކުރާ ކަންތައް އެބައިމީހުންނަށް ހުށައެޅުމުން، އެބައިމީހުން ތިބީ އޭނާއާ އެއްކޮޅަށް ކަމަށް ބުނެ ފަތުވާދިނެވެ.
އަދި ސޫރިޔާގެ ރަށެއް ކަމަށްވާ ޖަބަލާއަށް، އެ މީހުން ތިން ދިމާލަކުން ހަމަލާދިނެވެ. އަދި މުސްލިމުންނާ ހަނގުރާމަކޮށް، އެ ރަށަށް ވަދެ، އެ ތަނުގެ އަހުލުވެރިންގެ ގިނަ ބަޔަކު މަރައިލިއެވެ. އަދި މުދާތައް ލޫޓުވާ، ކުދިންތައް އަޅުވެތިކޮށް، އަންހެނުންގެ އިއްފަތް ފޭރިގަތެވެ. އަދި އަޑުހަރުކޮށް ކިޔަމުންދިޔައެވެ. 'ލާ އިލާހަ އިއްލާ ޢަލީ، ވަލާ ޙިޖާބަ އިއްލާ މުޙައްމަދު، ވަލާ ބާބަ އިއްލާ ސަލްމާން!' އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ހަޑިހުތުރު ބަސްބުންޏެވެ. އެ ރަށުގައި ތިބި މުސްކުޅިންނާއި ކުޑަކުދިންނާއި އަންހެންވެރިން ރޮއެ ހޭރުނެވެ. 'ވާ އިސްލާމާ! ވާ ސުލްތާނާ! ވާ އަމީރާ!' އެ ދުވަހު އެ ރަށުގެ މީސްތަކުންނަށް ނަސްރެއް ދޭނެ އަދި އެހީތެރިވާނޭ އެއްވެސް މީހަކު ނެތެވެ. އަދި މީސްތަކުން ރޮއެ، ﷲގެ ޙަޟްރަތަށް ނިކަމެތިކަމާ އެކު ދުއާކުރިއެވެ.
މި ނުސައިރީންގެ އިސްމީހާ، އެ އަތުލައިގަތް މުދާތައް ޖަމާކޮށް، އެކުވެރިންނާއި ތަބާވި މީހުންނަށް ބަހައިލިއެވެ. އަދި ބުންޏެވެ. "މުސްލިމުންގެ ނަމެއް، ޚަބަރެއް އަދި ދައުލަތެއް ވެސް ނުހުންނާނެއެވެ. އަދި އަހަރެންނާ އެކު އެންމެ ދިހަ މީހުން ވަނިކޮށް، ކަނޑިއެއް ލޮންސިއެއް ނެތް ހާލުގައި ވެސް، ހަމައެކަނި އެންމެ ދަނޑިބުރިއެއް ހިފައިގެން ގޮސް، މުސްލިމުން ބަލިކޮށް އެ މީހުން މަރައި، މުޅި ރަށް އެއްކޮށް އަހަރުމެން މިލްކުކުރާނެކަން ކަށަވަރެވެ."
އަދި އޭނާ ނުސައިރީންގެ ދީނަށް ނަސްރުދީ އެކަން ފާޅުކުރިއެވެ. އަދި ރަށްތަކުގައި ގޮވައިލިއެވެ. "އެބައިމީހުން (ދަނޑުތަކުގައި މަސައްކަތްކޮށްގެން) މުގާސަމާގެ ގޮތުން ދައްކާނެ މިންވަރަކީ ދިހަބައިކުޅަ އެއްބައެވެ." އަދި މިސްކިތްތައް ސުންނާފަތިކޮށް، ރާބޯ ތަންތަނަށް ހެދުމަށް، އޭނާގެ މީހުންނަށް އަމުރުކުރިއެވެ. އަދި ހިފާ ހައްޔަރުކޮށް، ގަތުލުކުރަން އުޅުނު އެތަކެއް މުސްލިމުންނަށް ބުންޏެވެ. "މުޙައްމަދު ބިން އަލްޙަސަނަށް ކަލޭ އީމާންވާށެވެ. 'ލާ އިލާހަ އިއްލާ ޢަލީ' ކިޔާށެވެ. އަދި ކަލޭގެ އިލާހު ކަމުގައިވާ މަހްދީއަށް ސަޖިދަކުރާށެވެ. ކަލޭމެން ދިރުއްވާ މަރުގަންނަވަނީ ވެސް އޭނާއެވެ. އޭރުން ކަލޭގެ ލެއާއި މުދާ ސަލާމަތްވެ، އަމާންކަމުގެ ލިޔުމެއް ދެވޭނެއެވެ."
]البداية والنهاية 16/127، تاريخ البرزالي 285/4026 [
މީގެން އަހަރެމެންނަށް ހަނދާންވަނީ، ނުސައިރީންގެ ދައުލަތުގެ ފަރާތުން، ސީރިއާގެ ސުންނީން މަރައި ގަތުލުއާންމު ހިންގިއިރު، މީސްތަކުންނަށް 'ލާ އިލާހަ އިއްލާ ބައްޝާރު' ކިޔުމަށާއި، ބައްޝާރުގެ ފޮޓޯއަށް ސަޖިދަކުރުމަށް އަމުރުކުރި ގޮތުގެ މަތިންނެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު