ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނޭ ކަމަށް ބެލެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓު އޮފީހުން ބުނެފައިވަނީ، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި، އެހެން ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށާއި މިއަދާއި މާދަމާވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މިސަރަޙައްދުގައި އުފެދިފައިވާ ސާކިއުލޭޝަންއެއްގެ ސަބަބުން ކުރަމުންދާ ވިއްސާރަކަމަށް މޫސުމާ ބެހޭ ޤައުމި އިދާރާއިން ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މި ވިއްސާރަ އަލިވާނޭކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންކަމަށް އެއިދާރާއިން ލާފާކޮށްފައިވެއެވެ. މެޓު އޮފީހުން ވިދާޅުވީ، ހުކުރު ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި މޫސުމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވުމަށް ވެސް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު