ދަތުރުގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ބަޔަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި!

ދަތުރުގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ބަޔަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފިއެެވެ.

ފުލުހުން މިއަދު ވިދާޅުވީ ހާލުގައި ޖެހުނީ ފ.އަތޮޅު އުތުރުބުރީ ދިގުވަރަށް ދަތުރު ގޮސް އުޅުނު ބަޔަކު ކަމަށެވެ. އަދި އެ މައުލޫމާތު ފ.އަތޮޅު އުތުރުބުރީ ފީއަލީ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު ފުލުހުންނާއި، ފީއަލީ ކައުންސިލާއި، އެމްޓީސީސީ ފެރީގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން އެމީހުންނަށް ދިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އަދި އެ މީހުން ފީއައްޔަށް ގެނެސްދިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ދަތުރުގޮސް އުޅެނިކޮށް ބަޔަކު ހާލުގައި ޖެހުނު އިރު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ސަމާލުވުމަށް ފުލުހުންވެސް އޮތީ އިލްތިމާސްކޮށްފައެވެ.