ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދޭހަމަލާތަށް އިތުކޮށް އެތަށް ހޮސްޕިޓަލެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފިއެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ޣައްޒާ ސިޓީގެ އަލް ވަފާ ހޮސްޕިޓަލްގައި މުސްކުޅިންނަށް ޚާއްޞަ ކޮށްފައި ހުންނަ ފަންގިފިލާއަށް އިއްޔެ ދިން ހަމަލާގައި7 މީހުން ވަނީ ޝަހީދުވެފައެވެ.
އަދި މީގެ އިތުރުން އަލް-އަހްލީ ހޮސްޕިޓަލާއި އެހެން ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ވެސް އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައި ވެއެވެ.
ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ހަނގުރާމަވެރިން ވަނީ ޣައްޒާގެ އުތުރުގައި ޚިދުމަތްދެވެން މިހާރު ހުރި ހަމައެކަނި ހޮސްޕިޓަލްކަމުގައިވާ އަލް-އަދަވާން ހޮސްޕިޓަލު ބޭނުން ނުކުރުވޭވަރަށް އަންދާ ހަލާކުކޮށްލައި އެތަނުގައި ބޮޑު ގަތުލުއާންމެއް ހިންގައިފައެވެ.
އެގޮތުން އިސްރާއީލުގެ އަނިޔާވެރި ހަނގުރާމަވެރިން ވަނީ ޣައްޒާގެ އުތުރުގެ ޞިއްޙީ އިދާރާތަކުގައި މަސައްކަތްކުރަމުން އަންނަ 450 މުވައްޒަފުން ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 33 މަވައްޒަފުން ހައްޔަރުކޮށްފައި ވަނީ ކަމާލް އުދްވާން ހޮސްޕިޓަލުންނެވެ. ކަމާލް އުދްވާން ހޮސްޕިޓަލުގެ ޑިރެކްޓާ ޑރ. ހުސާމް އަބޫ ސަފިއްޔާ ވެސް އެ މީހުންގެ ތެރޭގައި ހިމެނެއެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ވަނީ ކަމާލް އަދުވާން ހޮސްޕިޓަލުގެ އިންޓެންސް ކެއާރ ޔުނިޓްގެ ޑިރެކްޓާ ޑރ. އަޙްމަދް އަލް-ޚުލޫތް މަސައްކަތަށް ދަނިކޮށް ޑްރޯން ހަމަލާއަކުން ޝަހީދުކޮށްލާފައެވެ.
މީގެ އިތުުން މި ހޮސްޕިޓަލުގައި އެ ވަގުތު ތިބި އެތައް މީހުންނެއް ހައްޔަރުކޮށް އެތައް ބައެއް ވަނީ މަރާލައިފައި ވެސް ވެއެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭން ހާލުދެރަ ބައެއްމީހުންގެ ހާލު ވަރަށް ބޮޑަށް ދެރަވެފައި ވާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލު ޓެރަރިސްޓުން ވަނީ ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ފެސިލިޓީ ކަމަުގައިވާ އަލް-ޝިފާ ހޮސްޕިޓަލުގައި ވެސް މިފަދަ ޤަތުލުއާންމެއް މީގެ ކުރިން ހިންގައިފައެވެ. އެ ފަހަރު 300އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
މި ހޮސްޕިޓަލުގެ ކަށީގެ ޑިޕަރޓްމެންޓުގެ ޑިރެކްޓާ ކަމުގައިވާ ޑރ. އަދްނާން އަލްބުރްޝް ހައްޔަރުކޮށް އިސްރާއީލުގެ ޓެރަރިސްޓުން ހިޞާރުކޮށްފައި އޮންނަ ފަލަސްތީނުގެ ވެސްޓްބޭންކުގެ ޖަލެއްގެތެރޭ ބަންދުގައި ބެހެއްޓުމަށް ފަހު އަނިޔާކޮށް މަރާލާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 19ވަނަ ދުވަހުއެވެ. މި ޑޮކްޓަރަށް އަނިޔާކުރާ ވީޑިއޯތަށް ވެސް ވަނީ މީޑިއާތަކުގައި އާންމުވެފައެވެ.
2023 އޮކްޓޯބަރު 7އިން ފެށިގެން މިހާތަނަށް 45،484 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު ޒަހަމްވެފައިވާ މީހުންގެ އަދަދު 108،090އަށް އަރައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ