ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި ރޭ އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގިކަމަށް ރިޕޯޓުކޮށްފައި ވަނީ ރޭ 12:11 ހާއިރުއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ އެއް ސައިކަލު އަނެއް ސައިކަލައްވުރެ ކުރިއަށް އަރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި، ފަހަތުން އައި އަނެއް ސައިކަލު ވެސް އެ ދެސައިކަލުގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި 5 މީހުންނަށް އަނިޔާވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަނިޔާވި މީހުންގެ ތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްފައެވެ. އަދި އަނެއް މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށާއި އޭނާގެ ޙާލު ނާޒުކު ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މަޢުލޫމާތުދީފައި ވެއެވެ.
މި އެކްސިޑެންޓުގައި ޤަވާޢިދާ ޚިލާފަށް ދުއްވި ސައިކަލުތައް ޓޯކޮށް، މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ދާކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު