ގަވައިދާ ހިލާފަށް އުޅުމުން ދިޔަ 4 ބިދޭސީއަކު އިމިގްރޭޝަން އިން އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެއިދާރާއިން ބުނެފިއެވެ.

އިމިގްރޭޝަން ބުނެފައިވަނީ އިމިގްރޭޝަން ވޮޗަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ 8 ކެފޭ އަދި ހޮޓާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެެއިން ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

އަތުލެވުނު 4 ބިދޭސީންގެ ޤައުމީ ނިސްބަތް އަދި އެމީހުން މަސައްކަތްކުރަމުން ދިޔަ ތަންތަނުގެ ތަފްޞީލު އަދި ހާމަކޮއްފައެއް ނުވެއެވެ.

މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުމެވެ. 

މިހާ ތަނަށް އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5000 އަށް ވިރެ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކޮށްފައެވެ.