ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅެނިކޮށް ލަންކާ ބޯޓެއް އަތުލާގަނެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މި ބޯޓު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގަތީ އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެނެވެ.
މިހާރު މި ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެ އެވެ.
އެމްއެންޑީއެފުން މިއަދު ވިފާޅުވީ މި ބޯޓު ނިސްބަތްވަނީ ސްރީލަންކާ ކަމަށާއި އެ އުޅަނދުގައި 3 މީހަކު ތިބި ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ދޭތެރެ ދޭތެރެއިން އެކި ގައުމުތަކުގެ ބޯޓުތައް އެތެރެވެގެން އެމްއެންޑީއެފްއިން ދަނީ ހިފަހައްޓަ މުންނެވެ.
އެގޮތުން ޑްރޯންގެ އެހީގައި މިދިޔަ ނޮވެމްބަރު 16 ގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވި ބޭރުގެ މަސް ބޯޓެއް ވަނީ ހިފަހައްޓާފައެވެ.
މި ސަރުކާރުން 570 މިލިއަން ރުފިޔާ ހޭދަކޮށްގެން ތުރުކީން ތިން ޑްރޯން ގަނެފައި ވަނީ މިފަދަ ކަންކަމުގައި ބޭނުންކުރުމަށް ކަމަށްވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު