ދެކުނު ކޮރެޔާގެ އެއާޕޯޓެއްގައި ޖައްސަން އުޅުނު މަތިންދާބޯޓެއް ރަންވޭއިން ކައްސާލައި ބޯޓުގައި އަލިފާން ރޯވެ 122 މީހުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެެވެ.
ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ކޮރެޔާ ގަޑިން 9 ޖެހިއިރުއެވެ.
އަދި މަރުވިކަން ޔަގީން ވެފައިވަނީ 124 މީހުން ކަމަށާއި މިއަދަދު އަދި ވަރަށް ބޮޑަށް މައްޗަށް ދާނެކަމަށް ބެލެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ބޯޓު ދަތުރުކުރަމުން ދިޔައީ ބެންކޮކުން މުއާން އެއާޕޯޓްގައި ޖެއްސުމަށެވެ. ނަމަވެސް އޭގެ ކުރިން ބޯޓު ވަނީވެއްޓި އަދި ރަންވޭއިން ކައްސާލައިގެންގޮސް ފާރެއްގައި ޖެހި ބޯޓުގައި އަލިފާން ރޯވެފައެވެ.
އެވަގުތުގައި ބޯޓުން ދަތުރުކުރަމުންދިޔައީ 175 ފަސިންޖަރުންނާއި 6 ކްރޫއެވެ.
މީގެ ތެރެއިން އަދި ސަލާމަތް ކުރެވިފައިވަނީ ދެމީހުންނެވެ. އެއީ 2 ކްރޫ މެމްބަރުންނެވެ.
މި ބޯޓުވެއްޓެން ދިމާވި ސަބަބެއް އަދި ޔަގީން ވެފައި ނުވިނަމަވެސް ފަޔާ ސަރވިސަސް އިން ބުނެފައިވަނީ ބޯޓް ވެއްޓުނީ ދޫނި ތަކެއްގައި ޖެހުމުންނާއި މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ލަފާކުރެވޭ ކަމަށެވެ.
"ޖެޖޫ" އެއާ އަކީ އަގުހެޔޮ އެއާލައިނެއް ކަމުން ގިނަބަޔަކު އެ އެއާލައިނުން ދަތުރު ކުރެއެވެ. "ޖެޖޫ" އެއާގެ ސީއީއޯ އަދި ކުންފުނީގެ ވެރިންވެސް ވަނީ މަރުވި މީހުންގެ އާއިލާގެ ކިބައިން މައާފަށް އެދިފައެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދޭނީ މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދެކުނު ކޮރެޔާގެ އެކްޓިންގ ރައީސް ޗޮއިސަންގ މޮކް ބޯޓު ވެއްޓުނު ހާދިސާ ހިނގި ސައިޓަށް ވަޑައިގެންނެވިއެވެ. އަދި ރެސްކިއު މަސައްކަތަށް ބޭނުންވާ އިންސާނީއެހީ، އިކުއުޕްމަންޓް އަދި ފަރުވާގެ ކަންކަން ހަމަޖައްސާދިނުމަށް އަމުރު ކުރައްވާފައިވެއެވެ. އަދި މަރުވި މީހުންގެ އާއިލާ ތަކަށް ވެދެވެން ހުރި ހުރިހާ އެހީއެއް ވެދެއްވާނެކަމަށް ވިދާޅުވެފައެވެ.
މިސްޓަރ ޗޮއި ވަގުތީ ރައީސްކަމަށް އައްޔަން ކޮށްފައިވަނީ ހުކުރު ދުވަހުއެވެ. އެއީ ކުރިން ހުންނެވި ރައީސް އަދި އެއަށްފަހު ހޮވުނު ވަގުތީ ރައީސް ވެސް އިތުބާރުނެތް ކަމުގެ ވޯޓްނަގާ ވަކިކުރުމަށް ފަހުއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ