ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑް އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އއ. ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑް އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަންފަށައިފާވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑުގެ އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހުގެ 18:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެ ހާދިސާގެ އިތުރު ތަފުސީލެއް ފުލުހުން އަދި ދީފައެއް ނުވެއެވެ. އަދި އެކަމުގައި ތުހުމަތުކުރެވޭ މީހާގެ ނަމެއް ވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.