ޖަޕާން އެއާލައިންސް ޖޭއޭއެލް އަށް ސައިބަރ ހަމަލާއެއް ދީ، ބައެއް ފްލައިޓްތައް ލަސްވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޖޭއޭއެލް އިން ބުރާސްފަތި ދުވަހު ބުނީ، ލޯކަލް ގަޑިން ހެނދުނު 7:30 ހާއިރު "އެކްސްޓަރނަލް ސިސްޓަމްތަކާ މުއާމަލާތްކުރާ ސިސްޓަމްތަކުގައި މައްސަލަތަކެއް ދިމާވެފައިވާ" ކަމަށެވެ.
ހެނދުނު 9 ޖެހިއިރު ޖޭއޭއެލް އިން ވަނީ މައްސަލަ ކުރިމަތިވި ރައުޓަރ ދެނެގަނެ އެކަހެރިކޮށްފައެވެ. މިހާރު އެ އެއާލައިނުން ދަނީ "ސިސްޓަމް ރިކަވަރީގެ ހާލަތު ޗެކް ކުރަމުން" ކަމަށް ޓޯކިޔޯގައި ހުންނަ އެއާލައިން އޮފީހުންވަނީ ބުނެފައެވެ.
އެ އެއާލައިނުން އިތުރަށް ބުނީ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ދަތުރުތައް ވެސް ލަސްވެފައިވާ ކަމަށާއި ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާ ހުރިހާ ހިދުމަތެއްގެ ޓިކެޓް ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ.ޖަޕާނުގެ ބައެއް އެއާޕޯޓްތަކުގައި ޖޭއޭއެލްގެ ދިހަވަރަކަށް ފްލައިޓް ލަސްވި ނަމަވެސް ގިނަ ފްލައިޓްތަކެއް ކެންސަލް ކުރެވިފައި ނުވާ ކަމަށް ޕަބްލިކް ބްރޯޑްކާސްޓާ އެންއެޗްކޭ އިން ވަނީ ބުނެފައެވެ.
ޖޭއޭއެލްގެ އެންމެ ބޮޑު ވާދަވެރިޔާ އޮލް ނިޕޮން އެއާވޭސް އިން ބުނީ އެ އެއާލައިނަށަ ސައިބަރ އިންސިޑެންޓެއްގެ އަސަރެއް ކޮށްފައި ނުވާ ކަމަށާއި ހިދުމަތްތައް ބަރާބަރަށް ކުރިޔަށްދާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ