ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގެ މެދުތެރޭގައިވާ އަލް-ނުސައިރިޔާތް ކޭންޕުގެ އަލް-ޢޫދަހް ހޮސްޕިޓަލު ކައިރީގައި އޮތް ބަހަކަށް ދިން ވައިގެ ހަމަލާއެއްގައި 5 ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާގައި ޝަހީދުކޮށްލި ނޫސްވެރިންނަކީ ފާދީ ހަސޫނާ، އިބްރާހިމް އަލް ޝެއިހް އަލީ، މުހައްމަދު އަލް-ލަދަހް، ފައިސަލް އަބޫ އަލް-ގުމްސަން އަދި އައިމަން އަލް- ޖާދީއެވެ. މި ވޭނަކީ ހޮސްޕިޓަލު ކައިރީގައި ހިނގަމުން އަންނަ ގަތުލުއާންމުތަށް ކަވަރު ކުރުމުގައި ހަރަކާތްތެރިވި އަލް-ގުދުސް ނަވް ޓީވީ ޗެނަލްގެ ވޭނެކެވެ. ޝަހީދުކޮށްލާފައިވާ ނޫސްވެރިންނަކީ އެ ޓީވީ ޗެނަލްގައި މަސައްކަތްކުރާ ނޫސްވެރިންނެވެ.
މި ހަމަލާގައި ޝަހީދުކޮށްލި ނޫސްވެރިޔާ އައިމަން އަލް- ޖާދީ އެގަޑީގައި ތައްޔާރުވަމުންދިޔައީ އޭނާގެ އަލަތު ދަރިފުޅު މިއަދު ދުނިއެއަށް އަންނާތީ އެކަމުގެ އުފަލުގައެވެ. އެހެންނަމަވެސް އިސްރާއީލުގެ ނިރުބްވެރިން އައިމަން އަށް އޭނާގެ ދަރިފުޅު ފެނުމުކުރިން ހަމަލާދީ ޝަހީދުކޮށްލީއެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލުން ދިން ހަމަލާގެ ސަބަބުން އެ ވޭންގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައިވެއެވެ. އަދި މި ވޭންގެ ބޭރުގައި ވަރަށް ބޮޑު އަކުރުން "ޕްރެސް" ޖަހާފައިވެއެވެ. އެއީ ނޫސްވެރިންކަން ހާމަކޮށް ދިނުމުގެ ގޮތުން ލިޔެފައިވާ އެއްޗެކެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި މި ވޭނަށް ހަމަލާ ދިނީ އިސްލާމިކް ޖިހާދުގެ މެމްބަރުންތަކެއް އެ ވެހިކަލްގައި ތިބުމުން ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 7 ގެ ފަހުން އިސްރާއީލުން ވަނީ ޣައްޒާ އިން އެކަނި 201 ނޫސްވެރިން ޝަހީދުކޮށްލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ