ވޭޕް ބޭނުން ކޮށްގެން 9 މީހަކު ޖޫރިމަނާކޮށްފި

ރާއްޖޭގައި ވޭޕް ބޭނުން ކުރުން މިމަހުގެ 15ވަނަ ދުވަހުން މަނާކުރި ފަހުން މި މަހުގެ 22ވަނަ ދުވަހާއި ހަމައަށް 9 މީހަކު ވޭޕް ބޭނުން ކޮށްގެން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހާތަނަށް ވޭޕް ޖޫރިމަނާގެ ގޮތުގައި 50،000 ރުފިޔާ ލިބިފައިވެއެވެ. ކޮންމެ ފަހަރަކު ޖޫރިމަނާ ކުރާނީ 5،000 ރުފިޔާ އިންނެވެ. ފުލުހުން ވިދާޅުވީ ޖޫރިމަނާކުރި 9 މީހުންގެ ތެރެއިން އެކަކު ޖޫރިމަނާ ކޮށްފައި ވަނީ 10،000 ރުފިޔާ އިން ކަމަށެވެ. އޭނާ ޖޫރިމަނާ ކޮށްފައި ވަނީ ސައިކަލު ދުއްވަމުން ވޭޕް ބޭނުން ކުރަމުން ނެެވެ. 

ވޭޕް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުން މަނާކޮށްފައިވުމުން، އެ ގާނޫނާ ޚިލާފުވާ މީހުން ޖޫރިމަނާކުރާއިރު އެ މީހެއްގެ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އެ މައުލޫމާތު ހިއްސާކުރާނެއެވެ.

އެ މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.