ހަނޑޫ ބަހަމުންދަނިކޮށް ނައިޖީރިއާގެ ދެކުނުގައި ހިނގި ހާދިސާއެއްގައި 67 މީހުން މަރުވެއްޖެ

ނައިޖީރިއާގެ ދެކުނުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި 67 މީހުން މަރުވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

މި ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ މީހުން ގިނަވެ، ތޮއްޖެހުމުގެ ސަބަބުން  އޮކިޖާ ނަމަކަށް ކިޔާ ސިޓީގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހިލޭ ހަނޑޫ ބަހަމުންދިޔަ މަރުކަޒެއްގެ ބޭރުގައެވެ.

މި ހާދިސާ ހިނގި ދުވަހު، ނައިޖީރިއާގެ ވެރިރަށް އަބޫޖާގައިވެސް މިފަދަ އެހެން ހާދިސާ އެއްވެސް ހިނގައިފައިވެއެވެ. އެ ހާދިސާ ހިނގީ ކެތޮލިކް ޗާޗެއްގެ ބޭރުގައި ކާބޯތަކެތި ބަހަމުންދިޔަ ތަނެއްގައެވެ. މި ހާދިސާގައި މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.

އަދި މީގެ އިތުރުން ނައިޖީރިއާގެ ހުޅަނގު ދެކުނު ގެ އޮއޯ ސްޓޭޓުގައި ހިނގި ހާދިސާއެއްގައިވަނީ 35 ކުޑަކުދިން މަރުވެފައެވެ.