އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފި

އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ހާއިރު އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި މައްސަލަ އެއް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފުލުހުން ވިދޢޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ސްޓާ، 48އ ގެ މުހައްމަދު ރަޒީންކަމަށެވެ.

ފުލުހުން ވިދާޅުވީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.