"ބުންޔާން"އިން މިއަދު އިސްކަންދަރު ސްކޫލުގައި ޚާއްޞަ އިވެއްޓެއް ބާއްވާ ވާހަކަ އިއުލާނުކޮށްފިއެވެ. މި އިވެއްޓަކީ ކަސްޓަމަރުންނަށް ޚާއްޞަ އޮފަރތަކާ އެކު ބޭއްވޭ އިވެއްޓެކެވެ.
ބުންޔާންގެ އޮފިޝަލް ޓެލެގްރާމް ޗެނަލުގަައި މިއަދު ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މި އިވެއްޓް ބާއްވަނީ އިސްކަންދަރު ސްކޫލުގެ ހޯލުގައި ކަމަށެވެ. އަދި މި އިވެންޓު އޮންނަ ސްޓޯލް ނަންބަރަކީ 83 ކަމަށް ބަޔާންކޮށްފައި ވެއެވެ.
މި އިވެންޓު ކުރިޔަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި ކުރިޔަށްދާނީ ހަވީރު 4އިން 6އަށެވެ. ދެވަނަ ދަންފަޅި ކުރިޔަށްދާނީ ރޭގަނޑު 8އިން 10އަށެވެ.
ބުންޔާނުން އިތުރަށް ބުނެފައި ވަނީ މި އިވެއްޓުގައި ޚާއްޞަ އޮފަރތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް، މި އޮފަރތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު