ފާއިތުވި ހަފްތާގައި އިސްރާއީލު ޓެރަރިސްޓުން ވަނީ ސީރިޔާގެ 440 ސްކޮޔާ ކިލޯމީޓަރުގެ މައްޗަށް ވެރިވެގެންފައެވެ. އަދި މީގެ އިތުރަށް ސީރިޔާގައި ހުރި 50ހައްވުރެ ގިނަ ހަނގުރާމަވެރި މަރުކަޒުތަކަށް 450އެއްހައި ހަމަލާ ވަނީ ދީފައެވެ.
މިހާރު ސިރިޔާގެ %95 ބިން އިސްރާއީލުންގެ ކޮންޓްރޯލުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް އެމީހުން ބުނެއެވެ. ސީރިޔާ މީހުން ބުއިމަށާއި ދަނޑުވެރިކަމަށް ބޭނުންކުރާ ޔަރްމޫކް ރިވާ-ބެޑާއި އަލްވަހްދާ-ޑޭމް ވެސް އިސްރާއީލު ޓެރަރިސްޓުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައި ވާކަމަށް އަލް މަޔާދީނުން ރިޕޯޓުކުރެއެވެ.
ރަޙުމުކުޑަ ޒަޔަނިސްޓުން ވަނީ 2 ބުލްޑޯޒަރާއި 4 ޓޭންކަރުގައި ސަޢީދާ ވިލެޖް ކައިރީ އޮންނަ އަލް މަޣްރިޒް ސަރަހައްދަށް ވަދެފައެވެ. އެ ސަރަހައްދަކީ ސީރިޔާގެ ދެކުނުގައި އޮންނަ ދަރާއާއި ޣުނައިތްރާއާ ދެމެދު އޮންނަ އިދާރީ ބޯޑަރެވެ.
އަސަދުގެ އަނިޔާވެރި ސަރުކާރު ވެއްޓުމާ އެކު އިސްރާއީލުޓެރަރިސްޓުން ވަނީ ސީރިޔާގައި ހަނގުރާމަކުރަންފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ