ހައްދުފަހަަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ރޭ ދިން ހަމަލާގައި 7 ކުޑަކުދިން ޝަހީދުކޮށްލައިފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ރޭ ޣައްޒާގެ އުތުރުގެ ޖަބާލިޔާ ކޭންޕަށް ދިން ހަމަލާގައި 7 ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.

މިހަމަލާ އަމާޒުކޮށްފައިވަނީ ޢަލާ އާއިލާއަށް ނިސްބަތްވާ ގެއަކަށެވެ.

މިހަމަލާގައި 12 މީހުން ޝަހީދުކޮށްލާފައިވާއިރު 7 ކުޑްކުދިންނާއި އަންހެނެއް ހިމެނެއެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ދިން ހަމަލާތަކުގައިވަނީ 17،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.