ތެލްއަވީވް (ޑިސެމްބަރު 21) - ޔަމަނުން ތެލްއަވީވަށް ފޮނުވި މިސައިލު ހުއްޓުވުމުގައި ނާކާމިޔާބުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގައި ހަނގުރާމަ ފެށި ފަހުން ޔަމަނުގެ އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ތަކުރާރުކޮށް އިސްރާއީލާ ދެކޮޅަށް މިސައިލް ހަމަލާތައް ދެމުން އަންނައިރު، އޭގެ ތެރެއިން ގިނަ ހަމަލާތައް ވަނީ އިސްރާއީލަށް ވެއްޓިފަ އެވެ.
މި ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ ފަލަސްތީން-2 ބުލަސްޓިކް މިސައިލް އެވެ.
އޭގެ ބަދަލުގައި އިޒްރޭލުން ވަނީ ޔަމަނުގެ ގިނަ އަމާޒުތަކަކަށް ހަމަލާދީފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން އެގައުމުގެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިޒްރޭލުގެ މެދުތެރޭގައި އިވުނު ސައިރަންތަކާ ގުޅިގެން ޔަމަނުން ފޮނުވާލި އެއް މިސައިލު ދެނެގަނެ، އިންޓަސެޕްޝަން ގެ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
މި ހަމަލާގެ ސަބަބުން ވަނީ ޔެލްއްވީވް އަށް ބޮޑެތި ގެއްލުންޔަކެއް ލިބިފައެވެ.
އިޒްރޭލުގެ އިމަޖެންސީ މެޑިކަލް ސާވިސް، މެޖެން ޑޭވިޑް އަޑޮމް (އެމްޑީއޭ) އިން ބުނީ 30 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
ހޫތީ ހަނގުރާމަވެރިން ބުނަނީ ފަލަސްތީނާ އެއްބައިވަންތަކަމުގެ ގޮތުން މަސައްކަތް ކުރަމުންދާ ކަމަށާއި މިދިޔަ ހަފުތާގައި ވަނީ "ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަންދެން " އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ވައުދުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އިޒްރޭލުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޔަވްނޭގައި މީހުން ދިރިއުޅޭ އިމާރާތެއްގެ މަތީ ފަންގިފިލާގައި ހޫތީން ވަނީ ޑްރޯނެއް ގޮއްވާއިލާފައެވެ.
މިދިޔަ ޖުލައި މަހު ތެލްއަވީވް އަށް ހޫތީން ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ އާންމު މީހަކު ވަނީ މަރުވެފައެވެ.
ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ހޫތީން ވަނީ "އިސްރާއީލަށް" 200 އަށް ވުރެ ގިނަ މިސައިލާއި 170 އަށް ވުރެ ގިނަ ޑްރޯން ފޮނުވާލައިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ