އަލް-އަސްރުން "ޔެޕް" ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ޕްރޮގްރާމް ފަށައިފި

އަލް-އަސްރު އިން "ޔެޕް" (ޔޫތް އެމްޕަވަރމަންޓް ޕްރޮގްރާމް)ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން  ކުރިޔަށް މިގެންނދަނީ ދެ ސެޝަނުގެ ޕްރޮގްރާކެވެ.

"އެމްޕަވަރިންގ ޔޫތް ފޮރ އެކްސެލެންސް" އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން މިއަދު އޮންނައިރު "ޒުވާނުންނަށް" މިއަދުގެ ސެޝަން ނަންގަވައިދެއްވާނީ ޝައިޚް އަޙްމަދު ސަމީރެވެ.

ދެވަނަ ސެޝަން އޮންނާނީ  (މާދަމާ) 21 ޑިސެމްބަރުގައެވެ. "ވިނިންގ އެޓިޓިއުޑް" މި ނަމުގައި ކުރިއަށްދާ މި ސެޝަން ހޯސްޓްކޮށްދެއްވާނީ ޝައިޚް ޖައުފަރު މުޙައްމަދެވެ. މި ސެޝަންގައި ޚާއްޞަ މެހުމާނުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ އަކްރަމް ޢަބްދުލްޣަނީ އާއި މުޙައްމަދު އަރީޝްއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7925277 ނަންބަރަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ޕްރޮގްރާމްގެ މައި ސްޕޮންސަރަކީ އެލިޔާއެވެ. އަދި ޕާޓްނަރުންގެ ގޮތުގައި ޔޫން އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ހިމެނެއެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޮއިސް ހަރަކާތްތެރިވާނެއެވެ.