ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަށް ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަ ކުރަމުންދާކަމަށް ބޭރުގެ މީޑިޔާތަކުން ބުނެފިއެވެ.
އެގޮތުން ހަމައެކަނި ރޭ ޣައްޒާގެ އެކިސަރަހައްދުތަކަށް ދިން ހަމަލާތަކުގައިވަނީ 20 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
މިހަމަލާތަކުގައި ގިނައިން ޝަހީދުކޮށްލާފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.
މިގޮތުން ޣައްޒާގެ އުތުރުގެ ޖަބާލިޔާ އަލް-ބަލާދްގެ އަލް-ނަޖާރް އާއިލާއަށް ނިސްބަތްވާ ގެއަކަށް ދިން ހަމަލާގައިވަނީ 10 މީހުން ޝަހީދުކޮށްލާފައިވާއިރު އަލް-ޒައިތޫނީ އާއިލާއަށް ނިސްބަތްވާ ގެއަކަށް ހަމަލާދީވަނީ 6 މީހުން ޝަހީދުކޮށްލާފައެވެ.
މިހަމަލާތަކުގައި އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއްވެސް ވަނީ ޝަހީދުކޮށްލާފައެވެ.
މީގެއިތުރުން އަލް-ޒަރަދް އާއިލާގެ ގެއަށް ދިން ހަމަލާގައިވަނީ 5 މީހުން ޝަހީދުކޮށްލާފައެވެ. އަދި މަޣާޒީ ކޭންޕުގައި ހުރި ގެއަކަށް ހަމަލާދީ ވަނީ 2 މީހަކު ޝަހީދުކޮށްލާފައެވެ. އެއީ ސަލާހް ދަޝްވާޝް އަދި އޭނާގެ އަންހެނުންނެވެ.އަދި ޖަބާލިޔާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައިވަނީ 6 މީހުން ޝަހީދުވެފައެވެ.
މިހަމަލާތަކުގައިވަނީ އެތައްބައެއް ޒަހަމްވެފައެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ދެމުންްދާ ހަމަލާތަކަށް 14 މަސްވެފައިވާއިރު މިހާތަނަށް 46،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށއލާފައެވެ. އަދި 107،200އަށް ވުރެ ގިނަ މީހުން ވަނީ ޒްހަމްކޮށްލާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ