އިސްރާއީލުން ޔަމަނަށް ދިން ވައިގެ ހަމަލާތަކުގައި ނުވަ މީހަކު މަރުވެއްޖެ

އިސްރާއީލުން ޔަމަނަށް ދިން ވައިގެ ހަމަލާތަކުގައި ނުވަ މީހަކު މަރުވެއްޖެއެވެ.

އަލް މަސީރާ ޓީވީއާ ހަވާލާދީ ނިއުސް.އާޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސް-ސާލިފް ބަނދަރަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ހަތް މީހަކު މަރުވެފައިވާއިރު، ހުދައިދާ ގަވަރުނަރޭޓްގައި ހުންނަ ރަސް އީސާ ތެޔޮ ފެސިލިޓީއަށް ދިން ހަމަލާއެއްގައި އިތުރު ދެ މީހަކު ވަނީ މަރުވެފައިވެއެވެ.

ޔަމަނުގެ ވެރިރަށް ސަންއާގައި ހުންނަ ދެ އިންޖީނުގެއަކަށް ވެސް ހަމަލާދީފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައެވެ.

އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ވަނީ ޔަމަނުގައި ހުރި ހޫތީންގެ އަސްކަރީ އަމާޒުތަކަށް ސީދާ ހަމަލާތަކެއް ދީފައިވާކަން ބުނެފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ އިރުޝާދުގެ ދަށުން އަދި އިސްރާއީލުގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު އިސްރާއީލުގެ ވައިގެ ސިފައިންގެ ފައިޓާ ޖެޓްތައް އަމާޒުކޮށްފައިވަނީ ޔަމަނުގެ ހުޅަނގު އައްސޭރިފަށާއި އެތެރޭގެ ސަރަހައްދުގައި ހުންނަ ހޫތީ "ޓެރަރިސްޓް" ސަރުކާރާ ގުޅުން ހުރި އަސްކަރީ ތަންތަނަށް ކަމަށެވެ.