ރަޝިޔާގެ ރޮސްޓޮވް ސަރަޙައްދުގައި ހުރި ތެލުގެ މަރުކަޒަކަށް ޔުކްރެއިންގެ ޑްރޯން ހަމަލާއެއް އަމާޒުވެ،އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެެވެ.
ރޮސްޓޮވްގެ އެކްޓިން ގަވަރުނަރު ޔޫރީ ސްލިއުސަރު ޓެލެގްރާމްގައި ވިދާޅުވީ އަލިފާން ރޯވެފައިވަނީ ނޮވޮޝަކްތިންސްކް ރިފައިނަރީގައި ކަމަށާއި މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. ސްލިއުސަރު ވިދާޅުވީ މި ހަމަލާގައި އެކަކަށް އަނިޔާވެފައިވާ ކަމަށެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނީ ރޮސްޓޮވްގެ މަތިން ޔޫކްރެއިންގެ 36 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.
ބެލްގޯރޯޑްގެ ގަވަރުނަރު ވިޔަޗެސްލާވް ގްލެޑްކޯވް ޓެލެގްރާމްގައި ވިދާޅުވީ ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުގައި މީހުން ދިރިއުޅޭ ގިނަ އިމާރާތްތަކަކަށް ގެއްލުންވެފައިވާ ކަމަށެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނީ އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ޗެރްކާސީ، ޗެރްނިހިވް، ޑިނިޕްރޮޕެޓްރޯވްސްކް، ޚަރްކިވް، ޚަރްކިވް، ޚަމެލްނިޓްސްކީ، ކިރޯވޮހްރާދު، ކީވް، މައިކޮލައިވް، ޕޮލްޓާވާ އަދި ސުމީ ސަރަޙައްދުތަކަށް އަމާޒުކޮށް ރޭގަނޑު ދިން ހަމަލާތަކުގައި ބޭނުންކުރި ރަޝިޔާގެ 85 ޑްރޯންގެ ތެރެއިން 45 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ޔޫކްރެެއިންގެ އަސްކަރިއްޔާއިން ބުނީ ރަޝިއާގެ މިސައިލްތަކުގެ ސަބަބުން ޑިނިޕްރޮޕެޓްރޯވްސްކް އާއި ސުމީގައި މީހުން ދިރިއުޅޭ އިމާރާތްތަކަށާއި މުނިސިޕަލް މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ޑީނިޕްރޮޕެޓްރޯވްސްކްގެ ގަވަރުނަރު ސެރްހީ ލައިސަކް ޓެލެގްރާމްގައި ވިދާޅުވީ ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ކްރިވީ ރިހްގެ ސްކޫލަކާއި ހޮސްޕިޓަލެއް ހިމެނޭ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ