މާލޭގެ ކެފޭއަކަށް ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ މޯލްޑިވްސް"އަށް ބަޔަކު ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައި، މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ގއ. ދެއްވަދޫ، ވައިލެޓްމާގެ، އަހުމަދު ތައުރީގު، 31، އާއި ބ. ތުޅާދޫ، މީޒާން، އަސަދު ހާތިމް، 44، މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު