ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު މެންދުރު 12:00ގައި އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށެވެ.
ކުއްޖާގެ ޚަބަރު ހުސްވެފައި އޮތުމުން ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުގެރޭ މެންދަމުއެވެ.
ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނުއްވާފައިވާއިރު އެކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ވެސް މައުލޫމާތު ވަނީ ބުނެފައެވެ
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 14ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ އެ ދުވަހު ފުލުހުން ވަނީ އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކުއްޖާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން، މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުއްޖާގެ ހަށިގަނޑު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު