ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރުތެރޭ ގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ރ.އަލިފުށްޓަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
އަލިފުށްޓަށް ވަނީ 67.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ދެން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އއ.ތޮއްޑޫ އަށެވެ. އެއީ 65.9 މިލިމީޓަރުގެ ވާރޭއެވެ. އިއްޔެވެސް ވަނީ ތޮއްޑޫއަށއ 98.8 މިލިމީޓަރުގެ ވާރޭވެހިފައެވެ.
އަދި މީގެއިތުރުން ނ. މާފަރަށް ވަނީ 58.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ށ. ކޮމަންޑޫ އަށްވަނީ 54.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ކުރިޔަށް އޮތް 5 ދުވަހުގައި ވައްސާރަވާނެކަމަށް ލަފާކޮށް މެޓް އިން ވަނީ ސަލާމަތީ ކަންކަަމަށް ސަމާލުވުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު