މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކ.ދިއްފުށްޓަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
ދިއްފުށްޓަށް ވަނީ 101.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ދެން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އއ.ތޮއްޑޫ އަށެވެ. އެއީ 98.8 މިލިމީޓަރުގެ ވާރެއެވެ.
މެޓުން މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަަށް ބަލާއިރު، އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ ކަަމަށާއި ގުގުރުން އެކަށީގެން ވެއެވެ. އަދި އެހެން ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު