މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގިނަ އަތޮޅުތަކަަކަށް ރީނދޫ ސަމާލުނެރެފި

1 އަހަރު ކުރިން
|
0

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ގިނަ އަތޮޅުތަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ.

މި ސަމާލުގައި މެޓް އިން ބުނެފައި ވަނީ މިސަރަހައްދުތަކަށް  ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަަމަށެވެ.

މިސަރަހައްދުތަކަށް ރީނދޫ ސަމާލުނެރެފައިވަނީ މިއަދު 11:15 އިން 15:00 އާއި ހަމައަށެވެ.