ގަވާއިދާ ހިލާފަށް މާލޭގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

މާލޭގެ ހެންވޭރު ސަރަޙައްދުގައި ހުރި ގެއެއްގައި ނުސާފު މާޙައުލެއްގައި ފޮނިފޯކާއި އެހެނިހެން ކާބޯތަކެތި އުފައްދަމުންދިޔަ ބިދޭސީއެއް އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަންއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ އިދާރާއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ރޭ ޓާސްކްފޯހުން ވަނީ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައެވެ. މި ތަނަކީ އާންމު މިންގަނޑުތަކާ ޚިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދިޔަ ތަނެއް ކަމަށް ވެސް އިމިގްރޭޝަން އިން ވަނީ ބުނެފައެވެ.

މި ތަނުން ވަނީ ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައެވެ. ނަމަވެސް މި ތަކެތި އުފައްދަމުން ގެންދިޔައީ ވަރަށް ހަޑިމުޑުދާރު މާޙައުލެއްގައި ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.

ގަވާއިދާ ޚިލާފަށް މި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.