މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހެނބަދޫގައި ފެންބޮޑުވެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެކްސްގައި މިއަދު ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ނ. ހެނބަދޫގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ގޭގެއަށް ފެން ވަންނާތީ، އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ބައެއް ގޭގެ ގޯތި ތެރެއާއި ބައެއް ގޭގެ ގޭތެރޭގައި ވެސް ފެންބޮޑުވެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު