އިޒްރޭލުން ސީރިޔާގެ ތިން އަވަށެއް ހިފައިފި އެވެ.
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުން އިޒްރޭލުން ސީރިޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށް ދަރާ ޕްރޮވިންސްގެ ޖަމްލާ އާއި މަޒްރާތު ބައިތު ޖިން އާއި މަޣަރު އަލްމީރު ހިފައިފިއެވެ.
ޑިސެމްބަރު 8ވަނަ ދުވަހުން ފެށިގެން ސީރިޔާއަށް އިޒްރޭލުން 500އަށްވުރެ ގިނަ ވައިގެ ހަމަލާދީފައިވާ ކަމަށް އިނގިރޭސިވިލާތުގައި ހުންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ވަނީ ބުނެފައެވެ.
އިޒްރޭލުގެ އެއާ ފޯސްއިން ސީރިޔާގެ އެކި ސަރަޙައްދުތަކުގައި ހުރި އަސްކަރީ ތަންތަނަށާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް އަމާޒުކޮށް ގިނަ އަދަދެއްގެ ހަމަލާތަކެއްވަނީ ދީފައެވެ.
މި ހަމަލާތައް ދެމުންދިއުމާ ގުޅިގެން ސީރިޔާގައި ވަގުތީ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ އެޗްޓީއެސްގެ ވެރިޔާ ބުނެފައިވަނީ ޤައުމަށް އެހެން ބަޔަކު ވަނުމަށް ޖާގަނުދޭނެ ކަމަށާއި ސީރިޔާ އިތުރު ހަނގުރާމައަކަށް ވެސް ބޭނުން ނުވާކަމަށެވެ.
1974 ވަނަ އަހަރު ސީރިޔާ އާއެކު ވެފައިވާ އެއްބަސްވުން ބާތިލުވެފައިވާކަން އިޒްރޭލުން އިއުލާންކޮށް، 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިފާފައިވާ ގޯލާނުގެ އުސްބިންތަކަށް ސިފައިން ވަނީ ފޮނުވާފައެވެ.
އިޒްރޭލަކީ ދުނިގޭގައި ފަސާދަ އުފައްދާ ޓެރަރިސްޓު ޖަމާޢަތެއްކަމަށް ބުނެ ދުނިޔޭގެ އެކި ހިސާބުތަކުަގައި އަންނަނީ މުޒާހަރާކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ