ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްގައި ހުންނަ އަޙްމަދު އަބްދުލް އަޒީޒް ސުކޫލަށް ހަމަލާދީ 20 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ސުކޫލަކީ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ހަމަލާތަކުގައި ގެދޮރުގެއްލިފައިވާ ޣައްޒާގެ ދެކުނުގެ ރަފާޙްގެ އެތައް އާއިލާއެއް ދިރިއުޅެމުން އަންނަ ސުކޫލެކެވެ.
މިހަމަލާ އަމާޒުކޮށްފައިވަނީ މިސުކޫލުގެ 3ވަނަ ފަންގިފިލާއަށެވެ.
މީސްމީޑިއާގައި އާންމެކޮށްފައިވާ ވީޑިއޯތަކުން ފެންބަގޮތުގައި ސުކޫލުގައި ވަނީ އަލިފާންރޯވެފައެވެ. އަދި ވަރަށް ބޮޑަށް ފިހިފައިވާ މީހުންނާއި ބޮޑެތި ޒަހަމްތަށް ލިބިފައިވާ މީހުން ފެނެެެވެ. އަދި މީގެ އިތުރުން މަރުވެފައިވާ މީހުންގެ ބައިތައް އެކިތަންތަނުން ހޮވާ މަންޒަރު ވެސް އެ ވީޑިއޯތއކުން ފެނެއެވެ.
މި ހަމަލާގައި އަންހެނުންނާއި ކުޑަކުދިންތަކެއް ވެސް ވަނީ ޝަހީދުވެފައެވެ.
އިސްރާއީލުން މިދިޔަ 24 ގަޑިއިރު ތެރޭގައިވަނީ 4 ސުކޫލަކަށް ހަމަލާދީ 50 އަށއވުރެގިނަ މީހުން ޝަހީދުކިށްލާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ