ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް، ޤައުމީ އެއާލައިން މޯލްޑިވިއަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާކަމަށް އެ އައަރލައިނުން އިއްޔެ ބުނެފިއެވެ.
މޯލްޑިވިއަންގެ ރަސްމީ އެކްސް އެކައުންޓުގައި ބުނެފައި ވަނީ، ޗުއްޓީއާ ދިމާކޮށް އެ އެއާލައިނުން ދަތުރުކުރާ މަންޒިލުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށާއި، އިތުރުކުރެވުނު ދަތުރުތަކަށް ޓިކެޓު ބުކްކުރުން މިހާރު ފަށާފައިވާ ކަމަށެވެ. މޯލަޑިވިއަނުން ބުނެފައިވަނީ އެ އެއަރލައިނުން އާންމުކޮށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރާއިރު، ޗުއްޓީއާ ދިމާކޮށް އަންނަނިވި މަންޒިލުތަކަށް ދަތުރުތައް އިތުރުކޮށްފައިވާނޭ ކަމަށެވެ.
އެގޮތުން:
- ފުވައްމުލައް: މި މަހުގެ 16، 17 އަދި 19 ވަނަ ދުވަހު އިތުރު ދަތުރު
- ހއ. ހޯރަފުށި: މި މަހުގެ 16 އަދި 18 ވަނަ ދުވަހު އިތުރު ދަތުރު
-އައްޑޫ ގަން: މި މަހުގެ 16 ވަނަ ދުވަހު އިތުރު ދަތުރު އަދި 18 އަދި 19 ގައި ކޮންމެ ދުވަހަކު އިތުރު ދެ ދަތުރު
ހދ. ކުޅުދުއްފުށި: މި މަހުގެ 17 ގައި އިތުރު ދަތުރު
- ގއ. ކައްދޫ: މި މަހުގެ 17 އަދި 18 ގައި އިތުރު ދަތުރު
-ށ. ފުނަދޫ: މި މަހުގެ 17 އަދި 20 ގައި އިތުރު ދަތުރު
- ގދ. ފަރެސްމާތޮޑާ: މި މަހުގެ 18 ގައި އިތުރު ދަތުރު
-ބ. ދަރަވަންދޫ: މި މަހުގެ 19 ގައި އިތުރު ދަތުރު
- ހދ. ހަނިމާދޫ: މި މަހުގެ 19 ގައި އިތުރު ދަތުރު
- ގދ. މާވާރުލު: މި މަހުގެ 20 ގައި އިތުރު ދަތުރު ހިމެނެއެވެ.
ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން އާންމު ގޮތެއްގައި ފުލައިޓް ދަތުރުތައް އިތުރުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު