އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ދަނގެތީގެ ރައްޔިތުންނަށް އުފާވެރި ހަބަރުތަކެއް ދެެއްވައިފިއެވެ.
ދަނގެތީގެ ބަނދަރު އެރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ހައްދަވައި ނިންމަވައިދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި އަންނަ އަހަރުގެ ބަޖެޓުން ތަންދޭނަމަ ދަނގެތީގެ ފަޅުން 27 ހެކްޓަރުގެ ބިން ހިއްކައި ގެދޮރުވެރިކަމުގެ މަޝްރޫޢެއް ހިންގަވާނެ ކަމަވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މިކަމުގެ ސަބަބުން މިހާރަށްވުރެ ބޮޑަށް ރަށުގެ ލޯކަލް ޓުއަރިޒްމް ފުޅާވެގެން ދާނޭކަމަށް ވެސް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ރަށައް ދިމާވެފައިވާ އެހެނިހެން މައްސަލަތަކަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހައުސިންގެ މައްސަލަ ވެސް ހައްލުކޮށްދެެއްވަން މަސައްކަތްޕުޅުކުރައްވާނޭ ކަމަށް ވެސް އެމަނިކުފާނުވަނީ ވައުދުވެފައެވެ.
މީގެ އިތުރަށް ރަށުގެ ހުރިހާ ވަޔަފާރީއެއް ވެސް ރަށުގެ ރައްޔިތުން ކުރާތީ ވަރަށް އުފާފުޅުވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި ވާހަކަ ވެގެންދިޔައީ ދަނގެތީ ރައްޔިތުންނަށް އިތުރު ހިތްވަރެއް ލިބުނު ވާހަކަފުޅަކަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދަނގެއްޗާއި، ފެންފުއްޓާއި ދިއްދޫގެ ރަށު ކައުންސިލްތަކާ ބައްދަލުކުރެއްވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު