އަންނަ ރޯދަމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ އެލަވަންސް ދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ. ދަނގެތީގައި ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފު ގޮތަކަށް، ވަރަށް ނިކަމެތި ގޮތެއް ހަދާފައި އޮންނަ ކޮމިޓީތަކެއް ކަމަށެވެ. ނަމަވެސް އެއީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވޭ އިރު، ސަރުކާރުގެ ފަރާތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ހުށަހަޅާނެ ކަމަށެވެ.
އަދި މި ކަން އިސްލާހުކުރުމަށް ގިނަދުވަސްނެގީ ހާއްސަ ބަދަލުތަކެއް ގެންނަން ޖެހޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު