ފަޒީލް ނަޖީބް ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް، ޝީ ޖިންޕިންގ އަށް އަރުވައިފި

ރާއްޖެ އިން ޗައިނާ އަށް ކަނޑައެޅުއްވި ސަފީރު ޑރ. ފަޒީލް ނަޖީބް ސަފީރުކަމުގެ ފަތްކޮޅު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުން އޮތީ ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި އޮތް ޚާއްސަ ރަސްމިއްޔާތުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ސަފީރު ފަޒީލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ރައީސް ޝީ އަށާއި ޗައިނާ ގެ ރަހުމަތްތެރި ރައްޔިތުންނަށް އެންމެހެޔޮ އެދުންތަކާއި ވެދުމާއި ސަލާން އަރިސްކުރައްވާފައެވެ.

ސަފީރުގެ މަގާމާ ފަޒީލް ނަޖީބް ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް ޝީ ޖިންޕިން ތަހުނިޔާ ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.

ރާއްޖެ އާއި ޗައިނާ ސިޔާސީ ގުޅުން ގާއިމުކުރީ އޮކްޓޯބަރު 14، 1972ގައެވެ. ފަޒީލަކީ ރާއްޖެއިން ޗައިނާ އަށް ކަނޑައެޅި ފަސްވަނަ ސަފީރެވެ.