ޓެކްސީ ޑްރައިވަރުން މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުރި މުޒާހަރާއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވާ ޓެކްސީ ޑްރައިވަރަކީ ޑްރައިވަރސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީކަން ވެސް ކުރާ މއ. ނަހީދީމަންޒިލް، މިސްބާހް ޝަރީފް، 31އ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމުދަތުރުފަތުރަށް ހުރަސް އަޅައި، މަގު ބަންދުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައާ ގުޅިގެން ކަމަށެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ނުކުތީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދޭން އުޅޭތީ، އެ މީހުންގެ އާމްދަނީއަށް އެ ކަމުގެ ސަބަބުން ބޮޑު އަސަރެއް ކޮށްފާނެތީއެވެ.
މި މުޒާހަރާއާ ގުޅިގެން 21 ޓެކްސީ ޓޯވްކޮށް، ދެ ޑްރައިވަރަކު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު