ޤިބްލައިން ޑިސެންބަރު މަހު ޢުމްރާއަށްދާ މީހުންނަށް ކާޑު ދޫކުރަން ފަށައިފި

11 މަސް ކުރިން
|
0

ޑިސެމްބަރު އުމްރާ ދަތުރުގެ ފުރަތަމަ ފްލައިޓުގައި ވަޑައިގަންނަވާ އުމްރާވެރިންގެ ކާޑުތައް ދޫކުރުން ކުރިއަށް ދާކަމަށް ޤިބްލައިގެ ވައިބަރ ޗެނަލުގައި މިއަދު ހަވީރު އިޢުލާނުކޮށްފިއެވެ. 

ޤިބްލަ ކުންފުނިން ދަތުރުކުރާ ޢުމްރާވެރިން އެ ކުންފުނީގެ އިންތިޒާމުތައް ރަނގަޅުކަމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. 

މި އަހަރު ޑިސެންބަރު މަހުގެ ޢުމްރާވެރިން މައްކާއަށްދިޔުމުގެ ކުރިން މައްކާގައި ކުރަން ޖެހޭ ތައްޔާރީތައް ކުރުމަށް ޓަކައި އެޑްވާންސް ޓީމް އިއްޔެ ހަވީރު ވަނީ މައްކާއަށް ފުރާފައިކަމަށް ވެސް އެ ކުންފުނީގެ ރަސްމީ ވައިބަރ ގްރޫޕުގައި ވަނީ އިޢުލާނުކޮށްފައެވެ. "އުމްރާވެރިންނަށް ފަސޭހަ ރަނގަޅު އިންތިޒާމްތަކެއް ހަމަ ޖެއްސުމަކީ އަޅުގަނޑުމެން އެންމެ އިސްކަން ދޭ ކަންތައް." އެ ކުންފުނީގެ މެސެޖުގައި ވެއެވެ.