ރޯދަހިފަން އާދަކުރުމަކީ އިސްލާމުންނަށް އެކަމުގައި ވަރަށް ގިނަގުނަ ފައިދާހުރި ކަމެކެވެ. ރޯދައަކީ މުސްލިމުންނަށް އައްޑަނައެއް ކަމުގައި ލައްވައިފައިވާ އެއްޗެކެވެ. އެއިން ދިފާޢުކޮށްދެނީ ޝަހުވަތްތެރިކަމެވެ. ރައްކައުތެރިކޮށްދެނީ ދުލެވެ. އިތުރުކޮށްދެނީ ކެތްތެރިކަމެވެ. ޒީނަތްތެރިކޮށްދެނީ އަޚުލާޤެވެ. މި ކަންކަން ފުރިހަމައަށް ހާސިލުވާނީ ފަރުޟު ރޯދައިގެ އިތުރަށް ސުންނަތް ރޯދަވެސް ހިފައިގެންނެވެ.
ރަމަޟާންމަހުގެ ތިރީސް ދުވަހު ރޯދައަށް ހުރުމަކީ މުސްލިމަކު އިސްލާމްކަންމަތީ ދެމިހުރުމަށް ކޮންމެހެން ކުރަންޖެހޭ ފަރުޟު ކަމެކެވެ. އެ މަހުގެ ރޯދަ ހިފަން ނުޖެހޭނެ ކަމަށް ޤަބޫލުކުރުމީ ކުފުރުގެ ޢަމަލެކެވެ. އެހެންކަމުން ފުރިހަމަ ޞިއްޙަތުގައި ރަށުގައި ޤާއިމުވެހުރި ކޮންމެ މީހަކު އެ މަހުގައި ރޯދަހިފުން ހުއްޓެވެ. ފަރުޟު ރޯދައިގެ އިތުރަށް ސުންނަތް ރޯދަހިފުން ގިނަ ކުރުމީ ދުނިޔޭގައި ވެސް ފައިދާތަކެއްކުރާ ކަމެކެވެ. އަދި އާޚިރަތުގައި ފަލާޙާއި ކާމިޔާބު ލިބޭނޭ ކަމެކެވެ.
ރޯދަހިފަން އާދަވެއްޖެ މީހާއަށް ދުނިޔޭގައި ލިބޭ ފައިދާތަކުގެ ތެރޭގައި އޭނާގެ ޚުލުޤު ހެޔޮވުން އެއީ އެންމެ ބޮޑު ފައިދާއެވެ. އޭގެ ސަބަބުން ﷲގެ ލޯތްބާއި މަލާއިކަތުންގެ ލޯތްބާއި އިންސީންގެ ލޯބި ވެސް ލިބެއެވެ. އަދި ހަމަ އެހެންމެ އޭނާގެ ހަށިގަނޑުގެ ޞިއްޙަތު ދުޅަހެޔޮވުމާއި ބަރުދަން ލުއިވުމަކީ ވެސް އިންސާނުންނަށް ލިބޭނޭ ބޮޑެތި ނިޢުމަތްތަކުގެ ތެރޭ ހިމެނޭ ކަންކަމެވެ.
އާދަވެ ރޯދަހިފާ މީހާއަށް ލިބޭ އުޚުރަވީ ފައިދާތަކުގެ ތެރޭގައި، ދަރުމައާއި ސަވާބު ލިބުން އެއީ އެންމެ ބޮޑު ނިޢުމަތެވެ. ރޯދަވެރިންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ހުރުމާއި އެދޮރުކޮޅުން ރޯދަވެރިން ނޫން އެހެން ބަޔަކު ނުވަންނާނޭ ކަމީ ވެސް އުޚުރަވީ ފައިދާތަކުގެ ތެރޭ ހިމެނޭ މަތިވެރި ނިޢުމަތެކެވެ.
ރޯދަވެރިއަކު ކަމުގައި ވުމަށް، ރޯދަހިފަން އާދަކުރަންޖެހެވެ. ރަމަޟާންމަހު އެކަނި ރޯދަހިފުމީ އެކަމުގެ އާދަ މީހާގެ ކިބައިގައި އަށަގަންނާނޭ ގޮތެއް ނޫނެވެ. އެހެންކަމުން ތަރުބަވީ އެންމެ މަތިވެރި މުޢައްލިމު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ވަނީ ސުންނަތް ރޯދަތަކެއް ކަނޑައަޅުއްވައިފައެވެ. އޭގެތެރޭ އެކިއެކި މުނާސަބަތުތަކާ ގުޅިގެން ހިފާ ރޯދައާއި އާދަވެ ހިފުން ސުންނަތް ވެގެންވާ ރޯދަ ހިމެނެއެވެ. އެ ގޮތުން ކޮންމެ މަހަކު ތިން ރޯދަ ނުވަތަ މެދުފޮއި ރޯދަހިފުމަށް އަބޫޛައްރު رضي الله عنهއަށް އިރުޝާދުދެއްވައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ތިބާ ރޯދަހިފާނަމަ ކޮންމެ މަހެއްގެ ތޭރަ، ސާދަ، އަދި ފަނަރައިގައި ރޯދަހިފާށެވެ." (ތިރިމިޛީ: 761)
މި އިރުޝާދަށް ބަލާއިރު އެ ދުވަސްތަކުގައި ރޯދަހިފުން އަޅުގަނޑުމެންގެ މައްޗަށް ވެސް މޮޅު އިތުރުވެގެން ވެއެވެ. އޭގެ ސަބަބުން ރޯދަހިފުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނާނެއެވެ. ކާމިޔާބު ޙަޔާތެއް ދުނިޔޭގައި އުޅެ، އާޚިރަތުގެ ފަލާޙަށް ދޮރުހުޅުވޭނެއެވެ. q
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު