ޓަވަރުން ވެއްޓި މަރުވީ ހުރަވީ ސްކޫލްގެ ދަރިވަރެއް

11 މަސް ކުރިން
|
0

ރޭ ދަންވަރު މީޑީއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ވަނީ ހިޔާ ޓަވަރުން ވެއްޓި މަރުވީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. 

އެ ކުއްޖާ ވެއްޓިފައިވަނީ ހުޅުމާލޭ 2ވަނަ ފިޔަވަހީގެ 5ވަނަ ޓަވަރުގެ 13ވަނަ ފަންގިފިލާއިންނެވެ. 

ވެއްޓުނު ކުއްޖާއާ އެއްކުލާހެއްގައި އުޅޭ ކުއްޖެއްގެ މަންމަ ދަރުމައަށް ކިޔައިދިނީ ރޭގައި ނިދިފައި އޮއްވާ ދަންވަރި 2، 3 ޖަހާކައްހައިއިރު ސައިރިންއާއި މީހުންގެ އަޑު މާގަދަކޮށް ބޭރުން އިވެންފެށިމާ ބެލިއިރު މަގުމަތީ މީހުން އެއްވެފައި އޮއްވާ ފެނުނުކަމަށެވެ. "އެ ތަނުގެ ކަންތައް ހުރިގޮތުން ވަގުތުން ތިމަންނަ ހިތައް އެރީ މި ވާނީ މީހަކު ވަރުވީ ކަމަށެވެ."

"ދެން އެ ކަމުގެ ޚަބަރު ބެލިއިރު ޔަޤީންވީ ޓަވަރަކުން މީހަކު ވެއްޓި މަރުވެގެން އުޅޭކަން. ދެން އަދި މި އެނގުނީ އެއީ ތިމަންނާގެ ދަރިފުޅާ އެއްކުލާހެއްގައި އުޅޭ ކުއްޖެއްކަމެވެ." އެ މަންމަ ކިޔައިދިނެވެ. 

ތިމަރަފުއްޓައް ނިސްބަތްވާ އެ ދަރިވަރު ފުންމާލީ ކަމެއް ނޫނީ ވެއްޓުނީ ކަމެއް އަދި ނޭނގެއެވެ.

އަޅަމެންގެ ޤައުމާއި މި ޤައުމުގެ ލޮބުވެތި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން މިންވަރުކޮށްދެއްވާށިއެވެ.